އޮސްކާ އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ފަސްކޮށްފި

ފިލްމު އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ، އޮސްކާ އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު 40 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ފަސްކޮށްފިއެވެ.

40 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑް ފަސްކުރިއިރު، އެންމެފަހުން އެވޯޑްދޭ ރަސްމިއްޔާތު ފަސްކޮށްފައިވަނީ 1981 ވަނަ އަހަރުއެވެ. 24 ގަޑިއިރަށް އެ ރަސްމިއްޔާތު ފަސްކުރީ، އެމެރިކާގެ އޭރުގެ ރައީސަކަށް ހުންނެވި ރޮނާލްޑް ރޭގަން އަވަހާރަކޮށްލުމަށް މީހަކު ހަމަލާއެއް ދިނުމާ ގުޅިގެނެވެ.

އޮސްކާ އެވޯޑް ރަސްމިއްޔާތު އިންތިޒާމްކުރާ އެމެރިކާގެ އެކަޑަމީ އޮފް މޯޝަން ޕިކްޗާރ އާޓްސް އެންޑް ސައިންސްއިން ބުނީ، އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ 93 ވަނަ އޮސްކާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ފަސްކޮށްފައިވާކަމަށެވެ. އަދި އޮސްކާ އެވޯޑްސް އަންނަ އަހަރުގެ އޭޕްރީލްމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އެކަޑަމީ އޮފް މޯޝަން ޕިކްޗާރޒްއިން ބުނެއެވެ.

އެކަޑަމީ އޮފް މޯޝަން ޕިކްޗާރޒްއިން ބުނާ ގޮތުން އެވޯޑް ރަސްމިއްޔާތު ފަސްކުރީ، ކޮރޯނާވައިރަސްގެ ސަބަބުން ފިލްމު އުފައްދާ ފަރާތްތަކަށް ކުރިއަށްނުގެންދެވިފައި ހުރި މަސައްކަތްތައް ހަމަޖެހިލައިގެން ފުރިހަމަކުރުމަށް ވަގުތު ދިނުމަށްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!