ފުރަބަންދުގައި ޖިންސީ ފުރައްސާރައިގެ 46 ކޭސް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ ވިދާޅުވެއްޖެ

ކޮވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދު ހާލަތުގައި ޖިންސީ ފުރައްސާރައިގެ ތަފާތު 46 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގަން އެދުމުގެ އިތުރުން ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުމާއި ޖިންސީ ގޯނާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކެޓެގެރީ ތަކަށް ފެތޭ 46 މައްސަލައެއް ޕީޖީ އޮފީހުން ވަނީ ދައުވާ ކުރަން ފޮނުވާފައެވެ.

ޕީޖީ ވިދާޅުވީ، އެކި އެކި ޖިންސީ ފުރައްސާރައިގެ މައްސަލުތަކުގައި ތުހުމަތު ކުރެވެނީ އެވެރެޖް ކޮށް 35 އަހަރުގެ މީހުންނަށް ކަމަށެވެ. މޯލްޑިވިސް ޕޮލިސް ސާރވިސްއަށް މިފަދަ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ތަހުގީގަށް 88 ދުވަސް ހޭދަވާއިރު، އެވެރެޖްކޮށް ދައުވާކުރުމަށް ކޯޓަށް ފޮނުވުމަށް ނަގަނީ 2.6 ދުވަސްކަމަށް ޕީޖީ ވިދާޅުވިއެެވެ. ތަހުގީގީ މަރުހަލާގައި އެ ކޭސްއާއި ގުޅޭ ފައިލްތަކުގެ މައުލޫމާތު ލިބޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަގާއި ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި މީގެ 3 ދުވަސް ކުރިން ވަނީ އެދިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!