ފުރަައްސާރައިގެ މައްސަލައެއްގައި 3 ފުލުހަކު ވަޒީފާއިން ވަކިކޮށް އެކެއްގެ މަޤާމުދަށްކޮށްފި

އާންމުންގެ ބަޔަކަށް ފުރައްސާރަކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފި އެވެ.

ސީޕީ ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހަތަރު ފުލުހުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހު ޢާއްމުންގެ މީހަކާއިމެދު މާރާމާރީ ހިންގި މައްސަލައެއްގައި ކަމަށެވެ. ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު 3 ފުލުހުން ވަޒީފާއިން ވަކިކޮށް އެއްފުލުހެއްގެ މަޤާމު ދަށްކޮށްފައވިވާކަމަށެވެ.

ސީޕީގެ ޓުވީޓުގައި ވަނީ މިއީ ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުކުރައްވާކަމަށާއި އެއިދާރާ އިސްލާޙުކުރެވުމަށް ޚިޔާރުކުރަން ޖެހެނީ ތަހުޒީބުކަމާއި ރީތި އަޚުލާގު ގެތެރެއިންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ދަށްކޮށްލުމާއި މަލާމާތްކުރުމަކީ ބޭކާރު ބޭނުން ނެތްކަމެއްގެ ގޮތުގައި ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންގެ އަޚުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ވާހަކަ ދައްކަވައިފަ އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަޚުލާގެއް ނެތް ބައެކެވެ. ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ވެސް ނުބަލަ އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި، ފުލުހުންނަށް ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެވަނަ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް، ފުލުހުންގެ ތެރެއިން 34 ޕަސެންޓު މީހުންނަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި 220 ފުލުހަކު ވަނީ ޕޯޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އަޚުލާގީ މިންގަނޑާއި ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދާފައިވާއިރު، ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މުއަައްސަސާގެ ހައިބަތު ގެއްލި ފުލުހުންނަށް ކުރާ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!