މެމްބަރު ޝަހީމް އަދިވެސް ކަރަންޓީނުގައި, އެކަމަކު ރަޖިސްޓްރީން ގެއްލިފައި: ރައީސް ނަޝީދު

ރެޖިސްޓްރީން ކަރަންޓީނުގައި ހުންނެވިކަމުގެ ރެކޯޑު ގެއްލުމުގެ ސަބަބުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުންނެވީ ކަރަންޓީނު ފެސިލިޓީގައި ތާށިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ކަރަންޓީންގައި މަޖިލިހުގެ މެމްބަރަކު “ގެއްލިފައި”ވާ ކަމަށެވެ. އަދި އެ މެމްބަރާ އެންމެ ފަހުން ފޯނުން ގުޅުއްވިފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

“(ޝަހީމް) ވިދާޅުވީ ތިމަންނާ މިހުރީ ކަރަންޓީން ފެސިލިޓީއެއްގައިއޭ. އެއީ ރަށަށް ވަޑައިގަތުމަށް ކަރަންޓީން ވާން ޖެހޭ ކަމުން ކަރަންޓީން ވެވަޑައިގަތީ،” މީގެކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޝަހީމްއާ ބެހޭ ގޮތުން ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އަލުން އެނބުރި މާލެ އައުމަށް ޝަހީމް އެދިވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

“އެކަމަކު، ބެލި އިރުގައި އޭނާ އެ ތަނުގައި ރެޖިސްޓަވެފައި ނެތުމުން. މެމްބަރު ދޫކޮށްލެވޭކަށް ނެތް. ނެތް މީހަކު ދުލެއް ވެސް ނުކުރެވޭނެތާ؟ ދެން އަޅުގަނޑުމެން ވެސް މިތިބީ ޕްރޮސެސްގެ ތެރޭގައި މި މަސައްކަތް ހިންގަމުން،” ނަޝީދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މެމްބަރު ހުންނެވީ ޅޮހިފުށި ކަރަންޓީނު ފެސިލިޓީގައެވެ. ދާއިރާއަށް ވަޑައިގަތުމަށް ކަރަންޓީނު ވެވަޑައިގެންނެވީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!