ވަގުތީ ގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް ރަށު ސްކޫލުން ފުރުސަތު ލިބޭނެ

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ވަގުތީ ގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް ރަށު ސްކޫލުން ފުރުސަތު ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާލުވީ މިހާރުގެ ހާލަތަށް ބަލާއިރު ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އެ ކުދިންގެ ކިޔެވުން ހުއްޓުމަކަށް ނުގެނެސް، ކުރިއަށް ދެވޭނެ ގޮތަކަށް ކަންކަން ރާވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށުގައި ތިބި ދަރިވަރުންނަށް، އެ ރަށުގެ ސްކޫލް ހުޅުވުމާ އެކު އެ ކުއްޖަކު ކުރިން ކިޔަވަމުން ދިޔަ ގްރޭޑުން ޖާގަ ލިބޭނެ ކަމަށެވެ. އަދި އެ ކުދިން ކުރިން ބޭނުންކުރި ޔުނީފޯމް ލައިގެން ރަށު ސްކޫލަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރުގެ ހާލަތު ރަނގަޅުވެ، ކުދިން އަނބުރާ މާލެ އައުމުން އެ ކުދިން ކުރިން ކިޔަވަމުން ދިޔަ ސްކޫލްތަކުން ފުރުސަތު ލިބޭނެ ކަމަށާއި، އެ ސްކޫލްތަކުން ފުރުސަތު އެއްވެސް ކުއްޖަކަށް ނުގެއްލޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!