ފޮޓޯ: ތިލަދުން

ދުވާފަރު ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ހަދައި ކިޔަވައިދޭން ފަށައިފި

ދުވާފަރު ޕްރައިމަރީ ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިކަމަށް އެސުކޫލުން ބުނެފިއެވެ.

ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، ކޭބަލް ޓީ.ވީ މެދުވެރިކޮށް ސްކޫލްގެ އަމިއްލަ ޗެނެލްއެއް ގާއިމްކުރެވި ދަރިވަރުންގެ ގޭގޭ ސިޓިންރޫމަށް ފިލާވަޅުތައް، ޓީ.ވީ މެދުވެރިކޮށް ގެނެސްދޭން ފެށިފައިވާކަމަށް އެ ސްކޫލުން ބުނެއެވެ.

އެސުކޫލުން ބުނެފައިވަނީ މިއަދަކީ އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްލެވުނު ދުވަހެއްކަމަށެވެ. އަދި ކާމިޔާބުކަމާއެކު އެމަސައްކަތް ނިންމާލެވުނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި ގިނަގުނަ މަސައްކަތުންކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!