މާސްކް ނާޅަންޏާ ސްކޫލަކަށް ނުވައްދާނެ: މިނިސްޓަރު

ދަރިވަރުން ސްކޫލަށް ދާއިރު އަޅާ މާސްކަކީ ޔުނިފޯމްގެ ބައެއް ގޮތަށް ދެކެވަޑައިގަންނަވާ ކަމަށް އޭޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ދަރިވަރުން މާސްކު އަޅާއިރު އެ މާސްކް އަކީ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ.

ދެ ވައްތަރެއްގެ މާސްކު ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެއީ ސާޖިކަލް މާސްކު އަދި ފޮތި މާސްކެވެ. ޑރ. އައިޝަތު އަލީ ބާރުއަޅުއްވަނީ ދަރިވަރުން ފޮތި މާސްކު ބޭނުން ކުރުމަށެވެ.

“އެޗްޕީއޭއާ ޓެގް ޓީމާ މަޝްވަރާ ކުރުމަށްފަހު މާސްކްގައި ހުންނަންޖެހޭ ގައިޑްލައިންތަކެއް ކަނޑައަޅައި އެސްއޯޕީތަކެއް ޤާއިމު ކުރެވިފައިވަނީ، އެހެންވީމާ ސުކޫލުތަކުން ޕްރިންސިޕަލުން، ލީޑިންގ ޓީޗަރުން ބައްލަވާނެ އެ ސްޓޭންޑަރޑް ގެ މާސްކްތޯ ދަރިވަރުން އަޅަނީ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފޮތި މާސްކް ބޭނުން ކުރާއިރުވެސް ތިން ފަށަލަ ހިމެނޭ މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ލަފާ ދީފައިވާ ކަމަށެވެ. އަދި އެ މިންގަނޑުތަކަށް ދަރިވަރުން ބޯލަނބާކަން މިނިސްޓްރީންވެސް ސުކޫލުތަކާ ގުޅިގެން ކަށަވަރު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލަތައް ހުޅުވުމުން ސްކޫލްތަކަށް ކުދިން ވައްދާނީ ސްކޫލްގެ ގޭޓް ކައިރިން ކުއްޖާގެ ހުން ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލަށް ހާޒިރުވާ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ތިބެންވާނީ މާސްކަ އަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!