މެލޭޝިއާގައި ތާށިވެފައިތިބި 195 ދިވެހިން ގެނެސްފި

ކޮވިޑް-19 ގެ ސަބަބުން މެލޭޝިއާގައި ތާށިވެފައިތިބި 195 ދިވެހިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ، ކުއަލަލަމްޕޫރުގައި ތިބި ދިވެހިން ގެނައުމަށް ބޭއްވި ރެޕެޓްރިއޭޝަން ފްލައިޓް ކުޑައިރު ކޮޅެއް ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށާއި މި ފްލައިޓްގައި 195 ދިވެހިން އައިސްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ނާދެވި، ބޭރު ގައުމުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީ އާއި ގުޅިގެން މޯލްޑިވިއަނުން އަންނަނީ ގިނަ ފްލައިޓްތަކެއް އަޅަމުންނެވެ.

އެގޮތުން ކޮވިޑް-19 ފެތުރެން ފެށުމާއެކު މިހާތަނަށް 38 ފްލައިޓެއްގައި 4000 މީހަކު ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!