ޖުލައި މަހު މާލޭގެ ސްކޫލްތައް ވެސް ހުޅުވަނީ

އަންނަ ޖުލައި މަހުގެ 1 ވަނ ދުވަހު މާލެ ސަރަހައްދުގައި ހުރި ސްކޫލްތައްވެސް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ސްކޫލަތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 9 އިން 12 އަށް ކަމަށެވެ.

ސްކޫލުތައް ހުޅުވޭއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުންނާއި ސްކޫލުގެ އިދާރީ މުވައްޒަފުންނަށްވެސް މިކަމާ ގުޅޭ ޚާއްޞަ ތަމްރީން ދިނުމާއި ދަރިވަރުން ސްކޫލަށް ދާއިރު ހުމްބަލާ ތާމޯމީޓަރުތައްވެސް ސްކޫލުތަކަށް ފޯރުކޯށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލް މާހައުލަތީ ދަރިވަރަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އެކި ސްކޫލްތަކުގެ މާހައުލުގެ ތަފާތުތަކަމަށް ވިސްނަވައި އެ ސްކޫލަކަށް އެކަށޭނެ ގޮތަކަށް ސިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ހާޒިރު ނުވެ ގޭގައި ތިބެންޖެހުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ އިޖްތިމާޢީ އަދި ނަފްސާނީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށްވުމުން އެކަމަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން 11000 ޓީޗަރަކަށް ސައިކޯ ސޯޝަލްއާ ބެހޭ ތަމްރީންތަކެއް ދިނުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!