ކޮވިޑް-19 ނެތް ރަށްރަށުގައި ޖުލައި 01 ގައި ސްކޫލްތައް ހުޅުވަން ނިންމައިފިއެވެ.
ސްކޫލްތައް ހުޅުވަނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލުތައް ހުޅުވޭއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މުދައްރިސުންނާއި ސްކޫލުގެ އިދާރީ މުވައްޒަފުންނަށްވެސް މިކަމާ ގުޅޭ ޚާއްޞަ ތަމްރީން ދިނުމާއި ދަރިވަރުން ސްކޫލަށް ދާއިރު ހުމްބަލާ ތާމޯމީޓަރުތައްވެސް ސްކޫލުތަކަށް ފޯރުކޯށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލް މާހައުލަތީ ދަރިވަރަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ހާޒިރު ނުވެ ގޭގައި ތިބެންޖެހުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ އިޖްތިމާޢީ އަދި ނަފްސާނީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށްވުމުން އެކަމަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން 11000 ޓީޗަރަކަށް ސައިކޯ ސޯޝަލްއާ ބެހޭ ތަމްރީންތަކެއް ދިނުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.