ގިޔާމަތާއި މަރާއި ގުޅޭ ފޮތް ލިޔާ ލިޔުންތެރިއެއް 2 ދޮންދަރިންގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ދެ ކުއްޖަކު ގެއްލުނު މައްސަލައެއްގައި ދޮންބައްޕައެއް 1 އަހަރު ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ޑޭބެލް ނަމަކަށް ކިޔާ މި މީހާ ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށް ފަހު ފުލުހުން އޭނާއާއި ސުވާލު ކޮށްފައިވާކަމަށް ފުލުހުން ހާމަ ކުރެއެވެ.

ޑޭބެލް – ދެކުދިން މަރާލި ކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕަ

ގެއްލިފައިވާ ދެކުދިން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކާކުކަން ނޭނގޭ ބައެއްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާކަމަށް ޑޭބެލް މީޑިޔާއަށް ކިޔައިދިނެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ އިރު މީގެ އިތުރަށް އަމުރުގައި ވަނީ ކޮން ވާހަކަތަކެއް ކަމެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އެސަރަހައްދަށް މީޑިޔާ އަކަށް ނުވަދެވެއެވެ.

ގެބަލައި ފާސް ކުރުމުގެ އަމުރު ދީފައިވަނީ ޖޭޖޭ (7 އަހަރު) އަދި ރަޔަން (17 އަހަރު) މިދިޔަ ސެޕްޓެމްބަރ މަހުގައި ގެއްލިފައިވާ މައްސަލާގައި ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޑޭބެލް އާއި ގެއްލިފައިވާ ދެކުދިންގެ މަންމަ, ވެލޯ ވަނީ އެ ދެކުދިން ހޯދުމަށް ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައި ކަމަށާއި އަދި އެ ސަރަހައްދު ދޫކޮށް އެހެން އަވަށަކަށް އެމީހުން ބަދަލު ވެފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މީޑިޔާއަށް މައުލޫމާތު ދީފައެވެ.

ވެލޯ – ދެކުދިންގެ މަންމަ ވަނީ މައްސަލައަށް އެއްބާރުލުން ނުދީ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައި

ފުލުހުންނަށް އެއްބާރުލުން ނުދިން މައްސަލާގައި ވެލޯ ވަނީ މިދިޔަ ފެބްރުއަރީ މަހު, އެމެރިކާގެ ހަވާއީގައި އުޅެނިކޮށް ހައްޔަރުކޮށްފައެވެ.

ވެލޯއާއި މެދު އޭނާގެ ފިރިމީހާގެ ކުރީގެ އަންހެނުން މަރާލި ކަމުގެ ތުހުމަތު ވެސް ދަނީ ކުރެވުމުންނެވެ. އޭނާގެ ކުރީގެ އަންހެނުން މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިންނެވެ. މި މަރަކީ ގުދުރަތީ މަރެއް ކަމަށް އޭރު ބެލި ކަމުގައި ވީނަމަވެސް ޝައްކު ކުރެވޭ ކަންތައް ތަކެއް ހުރުމުން ފުލުހުން ވަނީ އެ މަރުގެ ތަހުގީގް ވެސް ކުރިއަށް ގެންގޮސްފައެވެ.

ޑޭބެލް އަކީ ގިޔާމަތާއި މަރާއި ގުޅޭ ވިއްސަކަށް ފޮތް ލިޔެފައިވާ ލިޔުންތެރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!