ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 229 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އެހެންކަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ.
ވޭތުވެ ދިޔަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެވްރެޖްކޮށް 2.1 ޕަސެންޓް މީހުންނެވެ. އެއީ ޓެސްޓު ކުރި މީހުންގެ ތެރެއިން 5 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.
އެގޮތުން މިދިޔަ ހަފްތާގައި 5405 ޓެސްޓު ކޮށްފައި ވާއިރު، ޕޮޒިޓިވް ވެފައި ވަނީ 112 މީހުންނެވެ. ވޭތުވެދިޔަ ހަފްތާގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 454 ސާމްޕަލް އަކީ އެކްޓިވް ސާވައިލަންސްގެ ތެރެއިން ރެންޑަމްކޮށް ނަގާފައިވާ ސާމްޕަލްތައް ކަމަށް އެންއީއޯސީން ބުނެއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފަިއ ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1087 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.