ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވުމަށް ވަރަށްބޮޑަށް އެދިލައްވާކަން ބަހުސް ބަލަމުންދާ ވަގުތުވެސް ފާހަގަވެއެވެ. އެހެން ނަމަވެސް އެކަން ކުރެވޭނެ އެއްވެސް ގޮތެއް އޮއްތޯ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އަރިހުން ލަފަޔަށް އެދިވަޑައިގަތުމުން އެގޮތަށް އެކަން ކުރުމަށް ލަފާއެއް ނުދެއްވިއެވެ.
މިކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަހުސްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަން ދާއިރާގެ ރައްޔިތުންގެ އިތުރުން އެތަށް ބަޔަކު އެދެމުން ދާކަމަށެވެ.
“އަޅުގަނޑު މިއަދުވެސް ކައުންސިލާ ޖެނެރަލްގެ އަރިހުގައި އަހާލީމު މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިނުވުމަށް މި އޮންނަ އޮތުން އެއީ ރިޔާސަތުގައި އިނދެގެން ބައިވެރި ނުވުންތޯ ނުވަތަ އޭގެ މާނައަކީ އަޅުގަނޑަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ގޮސް ބަހުސްގައި ބައިވެރި ނުވެވޭނެތޯ ނުވަތަ ވެވޭނެތޯ ދެކޭ ދެކުން. ދެން އަޅުގަނޑަށް ލަފާ ލިބެނީ އަޅުގަނޑަކަށް އެ ގޮނޑީގައި އިށީނދެ އިނދެ ބަހުސްގައި ބައިވެރިއެއް ނުވެވޭނޭ،” ނަޝީދު ވިދާޅުވި އެވެ.
އެހެންނަމަވެސް މިވަގުތު ކުރެވޭހާވެސް ކަމަކީ އަމާޒު ހިފެހެއްޓެވުންކަން ފާހަގަކޮއްފައިވެއެވެ. އިތުރަށް ބުނެފައިވަނީ ބަހުސްގެ ތެރެއިން ދިގުކޮށް ވާހަކަދައްކަނީ ބަހުސްގެ ޝައުޤުވެރިކަން ގެނައުމަކީވެސް ރިޔާސަތުން ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
ނަޝީދަކީ މަޖިލީހުގެ ރައީސްގެ އިތުރުން އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީގެ ރައީސްވެސްމެއެވެ.