ގިނަ ބަޔަކަށް ޤަބޫލުކުރަން ދަތިވި މަޝްހޫރު ސުޓާރ ސުޝާންތު ސިންގް އަމިއްލައަށް މަރުވި މައްސަލަ މިވަނީ އިތުރަށް ޔަޤީން ކުރެވިފައވެ.
ސުޝާންތުގެ މަރުގެ ޙަބަރަކީ ގިނަބަޔަކު ހައިރާންކޮއްލި ޙަބަރަކަށްވީއިރު އެއީ އަމިއްލަ އަށް މަރުވި މަރުވުމެއްނޫންކަން ގަބޫލުކުރި އެތަށްބަޔަކުވެސް ތިއްބެވެ. އެހެންނަމަވެސް ސުޝާންތުގެ ޕޯސްޓް މޯޓަމް ރިޕޯރޓް ބުނާގޮތުން އޭނާ މަރުވެފައިވަނީ ކަރަށް ބާރުވުމުގެ ސަބަބުން ހާސްވެގެންނެވެ.
އަދިވެސް އިތުރަށް ބަލަމުންދާ މިމައްސަލައިގައި މިއީ މީހެއްގެ އަމަލެއް ނޫންކަން ޔަޤީނާގާތަށް މި ޕޯސްޓްމޯޓަމް ރިޕޯރޓުގެ މި ހުލާސާއިން އެގިގެންދެއެވެ. މިހާރު މި ރިޕޯރޓް ޕޮލިހުންނާ ހަވާލުކުރެވިފައިވާއިރު އަދިވެސް އިތުރަށް އޮޅުން ފިލުވަންޖެހޭ ކަންތަށްތައް ހުރުމުން އެކަންކަން ތިލަވަމުންދާ ވަރަކަށް އަންގަމުން ދާނެކަމަށް ޑޮކްޓަރުންބުނެފައިވެއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަށްބައެއްގެ ހިތްތަކުން ޖާގަ ހޯދި ޒުވާންތަރި މުމްބާއީގައި ހުންނަ އޭނާގެ އަމިއްލަ ގެގައި ދަންޖެހިފައިހުއްޓާ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.