އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ރާއްޖޭގެ މިއަދުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވް ވި 30 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ.
މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 2065 އަށް އަރާފައެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދިވެހިންގެ އަދަދު ވަނީ 726 އަށް އަރާފައެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފަިއ ވަނީ ބަންގްލަދޭޝް މީހުންނެވެ.
އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1087 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.