5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.
މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ނާކޮޓިކްސް ޓީމުން ހާއްސަ އޮޕަރޭޝަނެއް ރެއިން ފެށިގެން ހުޅުމާލޭގައި ކުރިއަށްދާ ކަަމަށެވެ.
މަސްތުވާތަކެތީގެ ބަރުދަނުގައި 6.8 ކިލޯ ހުރި ކަމަށާއި، އެއީ ކެބަބިސް ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާ 3 ދިވެހިން ހައްޔަރު ކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭ ހުޅުމާލެއިން އަތުލި މަސްތުވާތަކެތީގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާއެވެ.
ރާއްޖެއަކީ މަސްތުވާތަކެތި ފަސޭހައިން އެތެރެ ވެ، އެތަކެތި އެއްރަށުން އަނެއް ރަށާ ހަމައަށްވެސް ފޯރަމުން ދާ އެއްޗެކެވެ. ސަރުކާރުގެ މުއައްސަސާތަކާއި ފުލުހާއި، ކަސްޓަމާއި އެމްޕީއެއް ފަދަ ފާރަވެރި މުއައްސަސާތަކުން ފާރަލަމުން ދާއިރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.