ރައީސަކީ އުފަންވީއްސުރެ އަޅުގަނޑުގެ އެކުވެރިޔާ، ސަރުކާރަށް ގެއްލުންވާނެ ކަމެއް ނުކުރާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އުފަންވީއްސުރެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށާއި ސަރުކާރަށް ގެއްލުންވާނެ ކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް މަޖިލީހުން ވަންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހައަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސް އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. ރައީސް ސޯލިހަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާމަޖިލީހުގައި އޮތީ ހަމަ އެ ޕާޓީގެ ސުޕަ މެޖޯރީޓީ ކަމަށެވެ. މަޖިލީހުން ވެސް އަދި އެމަނިކުފާނު ވެސް ސަރުކާރަށް ގެއްލުން ލިބޭނެ ކަމަށް ނުކުރާނެ ކަމަށެވެ. އަދި މަޖިލިހުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި އެކަން ކުރާނީ މަދަދުވެރިވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ވެރިކަމުގައި ހުންނެވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް. އެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު. އަދި އެ ކެންޑިޑޭޓަކީ އުފަންވީއްސުރެ ފަށައިގެން އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިޔާ. މި ސަރުކާރަށް ގެއްލުންވާނެ އެއްކަމެއް ވެސް އަޅުގަނޑު ނުކުރާނަން. އަިދ މި ސަރުކާރު ސަލާމަތް ކުރަން ގާނޫނު ތަންދިން ކޮންމެ ކަމެއްވެ ސް އަޅުގަނޑު ކުރާނަން.” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!