ރައީސް ވަހީދަށް ބާޣީއަށް ގޮވުމަށް ސިރާޖު ގޮވާލައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު އަށް ބާޣީއަށް ގޮވުމަށް ރައްޔިތުން މަޖިލިހުގެ ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސިރާޖު މިފަދައިން ވިދާޅުވީ މިއަދު މަޖިލިހުގެ ތަޅުމަށް ރައްޔިތުން މަޖިލިހުގެ އުގޫފާރު ދާއިރާ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅާފައިވާ ކުއްލި މައްސަލައަކާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. މިމައްސަލައަކީ ޑރ.ވަޙީދުގެ ދެމަފިރިކަނބަލުންނާ ދިމާކޮށް ހަޑިހުތުރު ބަހުން އެމްޑީޕީ އެކްޓިވިސްޓެއް ފުރައްސާރަކޮށް ފޮށުމާ ގުޅިގެން ޑރ.ވަޙީދު އިތުރުފުޅުހެއްދެވި ކަމަށް ވިދާޅުވެ މެންބަރު ވައްޑޭ ހުށަހެޅުއްވި މައްސަލައެކެވެެ.

ސިރާޖު ވިދާޅުވީ ރައީސް ވަހީދު އުސްފަސްގަނޑަށް ކަސްރަތު ކުރައްވަން ވަޑައިގަންނަވާ އިރު، އެންމެން ގޮސް އެމަނިކުފާނަށް ބާޣީއަސް ގޮވައި ފުރައްސާރަ ކުރުމަށް ގޮވާލައްވާ ކަމަށެވެ.

“އަދި އަޅުގަނޑު ހަމަ ގޮވާލަން، ބާޣީ ވަހީދު ކަސްރަތުކުރަން އުސްފަސްގަނޑަށް ދަންޏާ އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް ފެންނަހާ ބަޔަކު އެތަނަށް ގޮސް ކަމާ ކަންފަށާ އެތަނަށް ގޮސް ބާޣީ ވަހީދަށް ބާޣީ ވަހީދު ގޮވަން” ސިރާޖް ވިދާޅުވިއެެވެ.

ސިރާޖު އިތުރަށް ވިދާޅުވީ ވަޙީދަށް ބާޣީ ވަޙީދު ނޫން އެއްވެސް ނަމެއް ނުކިޔޭނެ ކަމުގައެވެ. އަދި އޭގެ އިތުރަށް 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޑރ.ވަޙީދު ފަހަތުގައި ހުންނަވައިގެން އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކަމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!