އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާލައިފި

ކޯވިޑް19ގެ ސަބަބުން މާލެ ސަރަޙައްދުގައި އިއުލާންކުރި ލޮކްޑައުންއަށް ގެނައި އިތުރު ލުއިތަކާއެކު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ ހޯމް އިމްޕްރޫވްމަންޓުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ޙިދުމަތް ލިބޭނެކަމަށެވެ. އެސްޓީއޯ ހޯމް އިންޕްރޫވްމަންޓް ހުޅުވާލިނަމަވެސް ޙިދުމަތް ހޯދަން އަންނައިރު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަންދުކޮށްފައިވީނަމަވެސް މިމަހުގެ ކުރީކޮޅު އެސްޓީއޯގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް، އީ-ސްޓޯރ.އެމްވީ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ގަތުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!