ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓަޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުމާލޭގައި ކޯޑަން ކޮށްފައި ނުވަތަ ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި މީހަކު ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން އިއްޔެ ހަވީރު 17:10 ހާއިރު އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.