މިނިސްޓްރީގެ ނަން ދިރާސާކޮށް، އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަސްލަމަށް މަޤާމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ހައުސިންގ މިނިސްޓްރީ އުވާލެއްވީ މިނިސްޓަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އާތިފާ ޝަކޫރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި އާމިނަތު އާތިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ރައީސް ޞާލިހާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!