އިއްޔެ ހުއްދަނެތި މަގުމަތީގައި އުޅުނު 9 މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކާއި ހިލާފުވެގެން އިއްޔެ 9 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފްވެގެން އިއްޔެ ޖުމްލަ 150 މީހަކު ޖޫރިމަނާކޮށް 9 މިޙަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 146 މީހަކާއި ވިލިމާލެއިން 6 މީހެކެވެ. އަދި ހައްޔަރުކޮށްފައިވާ 9 މިހުންނަކީ މާލެއިން ހައްޔަރުކޮށްފައިވާ މީހުންކަމަށް ފުލުހުން ބުނިއެވެ.

ގަވައިދާ ހިލާފްވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 88 މީހަކު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު މީހާތަނަށް ގަވައިދާ ހިލާފްވެގެން ޖުމްލަ 626 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ މާލެއިން 576 މީހަކާއި، ހުޅުމާލެއިން 47 މީހުންގެ އިތުރުން ވިލިމާލެއިން ތިން މީހަކުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މިހާތަނަށް ޖުމްލަ 9361 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!