ފޮޓޮ: ޕީއެސްއެމް

ސްކޫލްތައް ހުޅުވުނަސް ޓެލިކިލާސްތައް ކުރިއަށް ގެންދާނެ

ސްކޫލަތައް ހުޅުވުނުކަމުގައި ވީނަމަވެސް ޓެލިކިލާސްތައް ހުއްޓައި ނުލާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ޓެލިކިލާސްތައް ކުރިއަށް ގެންދިޔުމަކީ ކުރަން ވަރަށް މުހިއްމު ކަމެއްކަމަށާއި އެކި ސްކޫލްތަކުގެ މުދައްރިސުން ކިޔަވައިދެމުންދާގޮތް މުޅި ރާއްޖެއަށް ފެންނަމުންދާކަމަށެވެ.

މީގެއިތުރުން މި ފިލާވަޅުތަކަކީ ފަހަށް ރައްކާކޮށް ބަލާލުމަށް ލިބިގެންދާ ފުރުޞަތެއް ކަމުގައްޔާއި މިއީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައިފައެވެ.

ރަޝީދު ވިދާޅުވީ ޓެލިކިލާސް ތަކަކީ، މެދު ނުކެނޑި ކުރިއަށް ގެންދާ އެއްޗެއްގެ ގޮތަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަން ފެށުމުން ޓެލި ކިލާސްތައް ކުރިއަށް ގެންދާ މިންވަރު މަދުވާނެކަމަށާއި ވީހާވެސް ބޮޑަށް މުދައްރިސުންނަށް ފަސޭހަވާނެގޮތަށް ކިލާސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!