ރާއްޖޭން ބޭރު އޭޓީއެމްތަކުން އިތުރަށް ފައިސާ ނެގޭ މުއްދަތު ބީއެމްއެލްއިން އަނެއްކާވެސް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމް އިން ދުވާލެއްގެ މައްޗަށް ނެގޭ އަދަދު 1000 ޑޮލަރާ ހަމަޔަށް އިތުރުކޮށްފައިވާއިރު އެ އަދަދު ނެގޭ މުއްދަތު އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފި އެވެ.

ބީއެމްއެލުން ވަނީ ރާއްޖޭން ބޭރުގެ އޭޓީއެމް އިން ދުވާލެއްގެ މައްޗަށް ނެގޭ އަދަދު 1000 ޑޮލަރާ ހަމަޔަށް އިތުރުކޮށްފައިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭ މުއްދަތުވެސް ވަނީ އިތުރު ކޮށްފައެވެ. ބީއެމްއެލުން ވަނީ އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާ ފީ 15 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ ގޮތް ވެސް ހަމަޖައްސައިދީފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!