ކޮވިޑާ ގުޅިގެން އަތޮޅުތަކުގައި އަޅާފައި ހުރި ފިޔަވަޅުތައް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ރަށްތަކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލް، ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތައް މާލޭގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. 

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު އިއުލާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، ރަށްރަށުގައި އެޅި ހުރިހާ ފިޔަޅުތައް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ. 

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ދިން ފުރަބަންދުގެ ލުއިތަކުގެ ތެރޭގައި މޭލެ ސަރަހައްދުގައި އުމުރުން 60 (ފަސްދޮޅަސް) އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ، އެ އެހީތެރިޔަކާއެކު) ފަތިހު 5:00 އާއި 8:00 އާ ދެމެދު 3 (ތިނެއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ވަނީ ހާއްސަ ކޮށްފައެވެ.

ކުޑަކުދިން (އެހީތެރިޔަކާއެކު) ހަވީރު 4:00 އިން 6:00 އާ ދެމެދު 2 (ދޭއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ޚާއްޞަކޮށްފައި ވާއިރު ކަސްރަތު ކުރުމަށްޓަކައި ހަވީރު 6:00 އިން ރޭގަނޑު 9:00 އާ ދެމެދު 3 (ތިނެއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ވަނީ ހާއްސަކޮށްފައެވެ.

މީގެ އިތުރުން އެންގުމުގެ މުއްދަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!