އަބަދުވެސް ސެނެޓައިޒާ ހިފައިގެން އުޅޭތި

ވަޒީފާގެ ބޭނުމުގައި ނޫނީ އެހެން ބޭނުމެއްގައި ބޭރަށް ނުކުންނަން ޖެހޭނަމަ ސެނެޓައިޒާ އަބަދުވެސް ހިފައިގެން އުޅުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.

މަބްރޫކް ވިދާޅުވީ ޖެނުއަރީގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ފެށިއިރު، މާލެ އަކީ ބަލި ފެތުރިއްޖެނަމަ ބިރުބޮޑު ތަނަކަަށް ވާތީ، ދިޔައީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.

“އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކަށް ދާއިރުގައި، ފުރަބަންދުގެ ދެވަނަ ފޭސްއަކީ ކޮންޓްރޯލެއްގެ ތެރެއިން، އެހެން ނަަމަވެސް ރައްޔިތުން މިކަމުގައި، އާ އާއްމު ހާލަތަށް ތައްޔާރުވުމަށްޓަކައި ގައިޑެއްގެ ގޮތުން ފޭސް 2 މި ހުޅުވާލަނީ އޭގެ ފަހުން ކަން ހިނގާ ގޮތަކަށް ބަލައި އަޅުގަނޑުމެންނަށް އިތުރު ހުޅުވާލެވެނީތޯ ނޫނީ އަނބުރާ ފުރަބަންދަކަށް ދާން ޖެހޭނީތޯ ނިމޭނީ މި ފިޔަވަހީގެ ތެރޭގައި ކަންތައްތަގެ ނަތިޖާއަށް ބަލާފައި”. މަބްރޫކް ވިދާޅުވިއެވެ.

އަދި ވަޒީފާގެ ބޭނުމުގައި ނޫނީ އެހެން ބޭނުމެއްގައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ވީހާވެސް އެހެން މީހުންނާއި ދުުރުން އުޅުމަށާއި، ތަންތަނުގައި އަތް ނުކާތާ އުޅުމަށާއި ކިބިއްސެއް އަޅަން ޖެހިއްޖެނަމަ އަނގަމަތީ ތުވާއްޔެއްް ނަމަވެސް އެޅުމަށް މަބްރޫކް ވަނީ ނަސޭހަތްތެރިވެފައެވެ،

“ސެނެޓައިޒާ ހިފައިގެން އަބަދުވެސް އުޅުއްވުމަށް، މޫނުގައި އަތް ނުކޭތުން ކަސްރަތުގައި އުޅޭއިރުވެސް ވީވަރަކުން، އަދި އެކަކު އަނެކަކުގެ ދޭތެރޭގައި ނުދަންނަ މީހުންނާއި ޖާގަ ދުރުކޮށް ބަހައްޓައިގެން އުޅުން “. މަބްރޫކް ވިދާޅުވިއެވެ.

މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ދިނުމަށް ވަނީ ނިންމާފައެވެ.

މާދަމާއިން ފެށިގެން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!