މިއަދު ޕޮޒިޓިވް ވޮ މީހުންގެ ތެރޭގައި 83 އަހަރުގެ މީހެއް!

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 83 އަހަރުގެ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) އިން މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 22 މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެއްސަކު ހިމެނޭ ކަމަށެވެ. އަދި އެ މީހާއަކީ ދިގުމުއްދަތަށް ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވެ ފައިވަނީ 9 ދިވެހިންނާއި، 9 ބަންގްލަދޭޝް މީހުންނާއި، ނޭޕާލް 2 މީހަކާއި، އިންޑިޔާ މީހެއްގެ އިތުރުން ތައިލެންޑް މީހެކެވެ. 

މި ބައްޔަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 714 މީހުންނެވެ. އަދި 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން 65 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، 8 މީހުންވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. ފުރަބަންދުގެ ލުއިތަކަށް މާދަމައިން ފެށިގެން ބޮޑެތިލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ދިނުމަށް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!