އެޗްޕީއޭގެ އިރުޝާދުތަކާއި ހިލާފުވާވޭތޯ ފުލުހުން ބަލާނެ: ނަވީން

ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ވަގުތު އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާއި ހިލާފުވާ މީހުން ހައްޔަރުކޮށް ޖޫރިމަނާ ނުކުރާނެ ކަމަށާ ނަމަވެސް އެކަންކަން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިއަކީ ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 އަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހެ އެވެ. ހުއްދައާ ނުލައި ބޭރުގައި އުޅެވުނު ނަމަވެސް އެކީގައި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޑް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވީ މާދަމާ ލުއިތަކެއް ދިން ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއްވާ ކަމަށެވެ. އެހެން ކަމުން އެ ކަންކަމަށް އާންމުން އަމަލުކުރާ މިންވަރު ބެލުމުގައި ފުލުހުން މަގުމަތީ ހަރަކާތްތެރިވާނެ ކަމަށެވެ.

މާދަމާއިން ފެށިގެން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!