ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 94 މީހަކު ރަނގަޅުވެ، މިބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު 1311 އަށް އަރައިފިއެވެ.
ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.
މި ބައްޔަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 714 މީހުންނެވެ. އަދި 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ.
މިބަލި ޖެހުނު މީހުންގެ ތެރެއިން 65 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، 8 މީހުންވަނީ މަރުވެފައެވެ.