އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވެ ފައިވަނީ 9 ދިވެހިންނާއި، 9 ބަންގްލަދޭޝް މީހުންނާއި، ނޭޕާލް 2 މީހަކާއި، އިންޑިޔާ މީހެއްގެ އިތުރުން ތައިލެންޑް މީހެކެވެ. މިއާއެކު ރާޢްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ 714 އަށް ތިރިވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 262 މީހުންނެވެ. މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 މީހުންނަށްވުރެ ދަށުގައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2،305 އަށް އަރާފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!