ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް މިހާރު ލިބެމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިމަހުގެ 9ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށްދޭން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އެއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ކަންކަން ނިމުމުން ވެސް އެގޮތަށް އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތުގެ ސަބަބުން ވެސް ދޭން ބޭނުންވާ ގޮތަށް ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއި އެކަމަކު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އޮފީސް ބަދަލުވާނެ ކަމަށް ބެލެވެ އެވެ