މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ވެސް ފަށަނީ

މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ފަށަން ނިންމައި، ޝެޑިއުލް އާންމުކޮށްފި އެވެ.

މާލެ ލޮކްޑައުން ކުރުމާއެކު ބަސްދަތުރުތައް އާންމު އުސޫލުން ކުރުން މެދު ކަނޑާލާފައި އޮތުމަށް ފަހު މާދަމާ ފަށާއިރު އާންމުކޮށް އޮންނަ ޝެޑިއުލްއާ ތަފާތުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުންޏެވެ. މީގެ ކުރިން ބަސް ދަތުރު އޮންނަނީ ކޮންމެ 30 މިނިޓަކުންނެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން އެންމެ ފުރަތަމަ ބަސް ދަތުރު ފަށާނީ 6:30 ގަ އެވެ. އޭގެ ފަހުން ހަވީރު ހަތަކުން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ދަތުރުތައް ބާއްވާނީ ގަޑިއިރަކުން ކަޑިއިރަކުންނެވެ. އަދި މެންދުރު 12 އިން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ބަސް ދަތުރު ބާއްވަން މައް ޖައްސާފައި ވަނީ ކޮންމެ ދެގަޑިއިރަކުންނެވެ. ރޭގަނޑު އެންމެ ފަހު ބަސް އޮންނާނީ 23:00 ގަ އެވެ.

ބަސް ދަތުރުކުރާއިރު ބަހަށް އަރާ ފަރާތްތަކުން އަމަލުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން އިލްތިމާސްކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!