ނިއު ނޯމަލްއާއެކު ވެމްކޯ ގެ އޮޕަރޭޝަނަށް ބަދަލުތަކެއް!

ފުރަބަނދަށް ލުއިދިނުމަށް ނިންމެވުމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އޮޕަރޭޝަނަށް އަންނަ ބަދަލުތައް ގެނެސްފި އެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯއްދަވާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެކޯޕަރޭޝަން އިން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސްކުރާކަމަށެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، އެކޯޕަރޭޝަން އިން ކުނި ނެގުމަށް އަމަލުކޮށްފައިވާނީ މިހާލަތަށް ބަލައިގެން ތައްޔާރުކުރެވުނު ހާއްސަ އުސޫލެއްގެ ދަށުންކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު، ސަރުކާރުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމުމާއި ގުޅިގެން، އެކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލުތައް ގެނެއުމަށް ވަނީ ނިންމާފަކަމަށެވެ. އެ ގޮތުން އެކޯޕަރޭޝަނުން ވަނީ 6 ކަމެއް ފާހަގަކޮށްފައެވެ.

• 15 ޖޫން އިން އޯގަސްޓް 1، 2020 ގެ ނިޔަލަށް، ފުރަމާލެ ސަރަހައްދުގައިވާ ހުރިހާ ގޭބިސީތަކެއްގެ ދުވަހު ކުނި، ކުރިން އާންމުކުރެވިފައިވާ އުސޫލުގެ ދަށުން ނަގަމުންދާނެއެވެ.
• ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ ތިރިންނެވެ.
• ކުނި ނެރުމަށް ހަމަޖެހިފައިވަނީ، ކުރިޔެކޭވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާއި ދެމެދުއެވެ.
• އަދި، ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެނިކުމެވޭނެ އިންތިޒާމްއެއް ދުރާލާ ހަމަޖެއްސުމަށް އެދެމެވެ.
• މިދެންނެވުނު މުއްދަތުގައި، މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ނާރާނެ ވާހަކަ ފާހަގަކުރަމެވެ.
• މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ ކުރިއެކޭވެސް އެއްފަދައިން އެޗް.ޕީ.އޭ. ގެ އިރުޝާދުގެ މަތިން މި ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!