މާދަމާއިން ފެށިގެން ކޮންމެ 15 މިނިޓަކުން ފެރީ!

ނިއުނޯމަލްގައި ފެރީ ބާއްވާނެ ގަޑިތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާން ކޮށްފިއެވެ.

މާދަމާއިން ފެށިގެން ބާއްވާ ފެރީތަށް ކޮންމެ 15 މިނިޓަކުން އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ފެރީގެ ދަތުރު ތަކަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައިއެވެ. ނަމަވެސް ނިއު ނޯމަލް އާއި އެކު ފެރީ ދަތުރުކުރާ ވަގުތުތަށް މި ވަނީ އަވަސް ވެފައިއެވެ.

ވިލިމާލޭ ގެ ފުރަތަމ ފެރީ ފަށަނީ ފަތިހު 5:45 ގައި ވިލިނގިލީ ކޮޅުންނެވެ. އެއަށް ފަހު މަލެއިން ފުރަތަމަ ފެރީ އިންނަނީ 6:00 ގައި އެވެ. މާލެއިން އެންމެ ފަހު ފެރީ އޮންނަނީ ދަންވަރު 2:00 ގައިއެވެ. ވިލިނގިލީން އެންމެ ފަހު ފެރީ އޮންނާނީ 1:00 ގައިއެވެ.

ނަމަވެސް ހުކުރު ދުވަހުގެ ފެރީ އޮންނަ ގަޑިތަށް ވަނި ކޮންމެސްވަރަކަށް ބަދަލުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!