ރާއްޖޭގެ ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) މިއަދު ހަވާލުކޮށްފި އެވެ.
ފިލްމީ ތަރިންގެ ފަރާތުން މި ތަކެތި ހަދިޔާ ކުރުމުން ފުލުހުން ވަނީ ފިލްމީ ފަންނާނުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ފުލުހުންގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެ.
އަދި ފުލުހުންނާއި މި ތަކެތި ހަވާލުކުރުމުގައި ދިވެހި ފިލްމީ ތަރިންގެ ފަރާތުން ބައިވެރިވެފައި ވަނީ، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ފެޝަން ޑިޒައިނާ ޖާދުﷲ އާއި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ރައީސް އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
ރާއްޖޭގެ ހުރިހާ ފަންނާނުންގެ ނަމުގައި ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1،000 ސާޖިކަލް މާސްކާއި 1،000 އަންގީގެ އިތުރުން 100 ސެނިޓައިޒާ ފުޅި އެވެ. މި ތަކެއްޗާ ފުލުހުންގެ އިސް ފަރާތްތަކުން ހަވާލުވެވަޑައިގެންނެވި އިރު ތަކެތި ހަވާލުކުރީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދާއި ފެޝަން ޑިޒައިނަރު/އެކްޓަރު ޖާދުﷲ އިސްމާއީލްގެ އިތުރުން މަޝްހޫރު ކެމެރާމަން އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ރައީސް އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.