އަނގަ ބަހުން ރައްދު ދިނުމަކީ ހަމަލާއަކަށް ވާނެތޯ މާފަންނު އިތުުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ސުވާލު އުފައްދަވައިފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވާ އިމްތިޔާޒު ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ޖިސްމާނީ އަނިޔާ ލިބިފައިވާ ރައްޔިތަކު އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގަތް ފަހުން ދިމާވި ދުވަހު އަނގަ ބަހުން ރައްދު ދިނުމަކީ ހަމަލާއަކަށްވާނެތޯ ސުވާލު އުފައްދަވާފަ އެވެ.
“ރައްޔިތުންގެ ތެރެއިން މީހަކު، އެބޭޅާ %5 އާއެކު ގެއްލުނު ފަހުން،ލޮލަށް ފެނުނު ދުވަހަކު އަނގަބަހުން އެއްޗެއް ރައްދުކުރީމާ އެވޭތޯ “ހަމަލާ” އަކަށް؟” އިންތި ވިދާޅުވިއެވެ.
ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ދެ ކަނަބަލުން މިއަދު ހެނދުނު ކަސްރަތަށް ވަޑައިގެން އުޅުއްވަނިކޮން މީހަކު ހަޑި ހުތުުރު ބަހުން ވާއްކަ ދެއްކި މައްސަލައަކާއި ގުޅިގެން ޑރ. ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމެއް ހިނގާފައި ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީން ވެސް ތިއްބާ ކަމަށާއި އެކަން ވަގުތުން ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.
ޑރ. ވަހީދުގެ ދެ ކަނބަލުންނަށް ހަމަލާ ދިނީ އެމްޑީޕީއަށް ނިސްބަތްވާ އެކްޓެވިސްޓެއްކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވަ އެވެ.