އުތުރުގެ ފެރީ ދަތުރުތައް މާދަމާ!

ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިއޮތް ހއ. އަދި އދ އަތޮޅުގެ ފެރީގެ ޚިދުމަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތުން ބުނެފައިވަނީ ކުރިއެކޭވެސް އެއްގޮތަށް މީހުންނާއި މުދާ (ލައިޓް ކާގޯ) އުފުލޭގޮތަށް ފެރީ ކުރިއަށް ދާނެކަމަށެވެ.

ފެރީތަކުގެ ތާވަލް ހިއްސާ ކުރައްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަސީމް ބުނެފައިވަނީ ފެރީގައި ދަތުރު ކުރައްވާ ފަރާތް ތަކުން މާސްކު އެޅުއްވުމަށާއި ފެރީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދުތަކަށް އަމަލުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!