އެންމެ ބޮޑު ހުވަފެނަނީ ހަރަމްފުޅުފައި ބަންގިގޮވުން: އާތިފް އަސްލަމް

އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އާތިފް އަސްލަމްގެ އެންމެ ބޮޑު ހުވަފެނަނީ ހަރަމްފުޅުފައި ބަންގިގޮވުންކަމަށް އޭނާ ބުނެފިއެވެ. އާތިފް މިހެންބުނެފައިވަނީ މަޝްހޫރު ނޫސްވެރިޔާ ހާމިދު މިއާ ކުރި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ.

އެންމެ ބޮޑަށް ބޭނުންވާ ނުވަތަ ކޮއްލުމަށް ހިތްއެދޭ ކަމަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ދެމުން އާތިފް އަސްލަމްބުނެފައިވަނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަދި އެންމެ ބޮޑު ހުވަފެނަކީ މަސްޖިދުލް ހަރާމުގައި ބަންގިގޮވާލުންކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ލަވަކިއުމާއި ދުރަށްދާން ނުވިސްނާ ކަމަށެވެ. އަދި އޭނާއަކީ އިންސާނެއް ކަމަށާއި ކޮންމެ އިންސާނަކަށްވެސް ކުއްކުރެވޭނެކަން ބުނަމުން ބުނެފައިވަނީ  މަސައްކަތްކުރަނީ ދީނީ ކަންތައްތަކާއި އެއްވަރަށް ދުނިޔެވީ ކަންތަށްތަށްވެސް ކުރުމަށް ކަމަށެވެ.

މި އިންޓަރވިއުގައި މީޑިއާއާއި ދުރުކަށް ފާހަގަކޮށް ނޫސްވެރިޔާ ކޮއްފައިވާ ސުވާލަށް ޖަވާބުދެމުން އާތިފް ބުނެފައިވަނީ އަބަދު އެއްސުވާލުތަކެއް އަންނާތީ އިންޓާވިއު ދޭން ފޫހިވަނީކަމަށެވެ. އެހެން ނަމަވެސް ހާމިދު މިއާގެ މިޝޯއަށް ތައުރީފުކޮށް އޭނާވަނީ އެޝޯ ބަލާކަންވެސް ފާހަގަކޮއްފައެވެ.

މި އިންޓަވިއު ނިމުމާއެކު އާތިފްގެ އެތަށް ފޭނުންނެއްވަނީ އޭނާގެ ހުވަފެން ސީދާވާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށްބުނެ ހެޔޮދުޢާ ފޮނުވާފައެވ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!