ކުޅުދުއްފުށި ސިޓީގެ ހޮސްޕިޓަލުގައި ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދަން މަަސައްކަތް ފަށައިިފި އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޕީސީއާރް މެޝިނެއް ކުރިއަށް އޮތް 10 ދުވަހު ތެރޭގައި ބަހައްޓައި ކޮވިޑަށް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.
މީގެ މެޝިނެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ބަހައްޓާނެ ކަމަށް މަބްރޫކް މިއަދު ވިދާޅުވެފައި ވެއެވެ. އުތުރާއި ދެކުނުގައި ބަހައްޓާ މި ދެ މެޝިނުގެ މަސައްކަތަށް ބޭނުންވާ ލެބް ޓެކްނީޝަނުން ތަމްރީން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
އެ މެޝިނުން، ދުވާލަކަށް 100 އާއި 150 ޓެސްޓު ކުރެވޭނެ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.