ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު ސިންހް ރާޖްޕުޓް މިއަދުގެ ވަގުތެއްގައި ދަންޖެހިގެން އަމިއްލަ މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވެފައިވަނީ މުމްބާއީ މުންޑްރާގައި އޭނާ ދިރިއުޅެމުންދާ ގޭގައި ދަންޖެހިގެންނެވެ.
މަރުވުމުގެ ކުރިން އޭނާ އުޅުނީ ޑިޕްރެޝަންގައި ކަމަށް ބައެއް މީޑިއާތަކުން ބުނާއިރު އޭނާގެ ކުރީގެ މެނޭޖަރ ޑިޝާ ސަލިއަން އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ސުޝާންތުއަކީ ޓީވީ ސީރިއަލްތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އެގޮތުން ޒީޓީވީގެ “ޕަވިތްރަ ރިޝްތާ”އިން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދި އެވެ. އޭގެ ފަހުން ފިލްމް “ކައިޕޯޗޭ”އިން ބޮލީވުޑަށް ނުކުތުމަށްފަހު އޭނާގެ އެންމެ ތަފާތު އަދި މޮޅު ފިލްމަކީ އިންޑިއާގެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ދޯނީގެ ބަޔޮޕިކްގެ ގޮތުގައި ގެނެސްދިން “އެމްއެސް ދޯނީ” ފިލްމެވެ.
މީގެއިތުރުން ފިލްމް ޕީކޭ އިންނާއި. ޝުދް ޑޭސީ ރޮމޭންސް، އަދި ކޭދަރުނާތު އިން ފެނިގެން ގޮސްފައި ވެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސްގެ ފިލްމް ޑްރައިވް އިންނެވެ.
ސުޝާންތުގެ ކުރިއަށް އޮތް ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު “ފޯލްޓް އިން އަވާ ސްޓާޒް” ގެ ހިންދީ ރިމެކް “ދިލް ބޭޗާރާ” އެވެ.