ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާލުކޮޅު ބައްލަވައިލައްވައިފިއެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން މިއަދު ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ އެ މަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ.
ޑރ. ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައިސް ސޯލިހް އެމަނިކުފާނަށް ގުޅުއްވާ މިއަދު ހެނދުނުގެ ހާދިސާ އާއި ގުޅިގެން ހާލު ބެއްލެވީތީ ޝުކުރު އަދާކުރައްވާކަމަށެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ކުރީގެ ރައީސް ޑރ. ވަހީދު މިއަދު ހެނދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް ހަޑި ހުތުރުބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލަ މިއަދު ހެނދުނު 07:07 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.