މުލީ ރަށުތެރެއިން ފެނުނު ކުޑަ ވެލާތަކެއް ފުލުހުން ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި

ވެލާބިސްވަޅަކުން ނުކުތް ކުދި ވެލާތަކެއް މަގުއޮޅި މ. މުލީ މަގުތަކަށް އެރުމުން އެވެލާތައް ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ވެލާތައް ރަށު ތެރެއިން ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ ވެލާތައް އެ ރަށުގެ ފުލުހުން ވަނީ ރައްކާތެރި ކަމާ އެކު ރަށުތެރެއިން ނަގާ ބާލިދީ އެއްގައި ގެންގޮސް މިއަދުގެ ވަގުތެއްގަ ވަނީ މޫދަށް ދޫކޮށްލާފައިއެވެ.

ވެލާ ހިފުމާއި އެތަކެއްޗަށް އަނިޔާވާ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް އެންމެ ފަހުން ދާއިމީ ގޮތެއްގައި ހިިމާޔަތް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުއެވެ. މީގެ ކުރިން ވެލާ ކަހަނބު ހިމާޔަތް ކުރީ 2005 ވަނަ އަހަރު، 10 އަހަރުގެ މުއްދަތަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!