ވަކީލަކު ހަމަޖައްސަން ލުތުފީއަށް 10 ދުވަސް

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އިސްމޭސްތިރީގެ ގޮތުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

ކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި އިބްތިދާއީ އަޑުއެހުން ފެށުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަކީލަކު އައްޔަންކުރަން ބޭނުންތޯ ލުތުފީއާއި ސުވާލުކުރެއްވުމުން ލުތުފީ ބުނީ އެނާ ބޭނުންވަނީ ވަކީލަކު އައްޔަންކުރުމަށްކަމަށެވެ.

ލުތުފީ ވަކީލަކަށް އެދުމުން އެނާއަށް ވަކީލަކު އައްޔަންކުރުމަށް 10 ސުވަހުގެ މުއްދަތެއްދީ އެކަން ހަމަޖައްސާދިނުމަށް ބޭނުންވާ ކަންކަން ހަމަޖައްސާދިނުމަށް ކަރެކްޝަނަށް އަންގަވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ކްރިމިނަލްކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންގޮސްފައިވަނީ މައްސަލަ އަޑުއަހަން ބޭނުންވާ މީހުންނަސްވެސް އެފުރުސަތު ދީގެންނެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި ބޭސްފަރުވާއަށް ލުތުފީ 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވުމުން މިދިޔަ އަހަރާ ހަމައަށް ފިލައިގެން އުޅެނިކޮށް، އޭނާ ރާއްޖެ ގެނައީ މިދިޔަ އަހަރު އެވެ. އެ މައްސަލައިގައި ލުތުފީގެ މައްޗަށް ދައުލަތުން ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!