ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ކޮނިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަމުން އަހަމަދު ފުޅު ވިދާޅުވީ މި މައްސަލައިގެ ތަހުޤީގު ކުރިއަށްދާ ކަމަށާއި އޮފިސަރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ އޮފިސަރާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ސްޕްރީމް ކޯޓުށް އެ މައްސަލަ ހުށަހަޅައިފައި ވާ ކަމަށެވެ.

މީގެ އިތުރުން ވެސް އަހުމަދުފުޅު ވިދާޅުވީ އެ މައްސަލަ ޑިސިޕްލިން ބޯޑުން ނިންމާ ގޮތެއްގެ މަތިން އެ މައްސަލައާއި މެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށާއި ޖަލުތަކަށް ތަފާތު ގޮތްތަކަށް އެއްޗިހި ވެއްދުމަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެއްކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށްޓަކައި އެކި މަރުހަލާގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އޭނާ މަޤާމާއި ހަވާލުވި ހިސާބުންފެށިގެން ވަރަށް މުހިއްމު ތިން ކަމެއް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެކަންކަމާއި ގުޅިވައިގެން ޖަލުތަކުގައި ވަރަށް ޚާއްސަ އޮޕަރެޝަންތަކެއް ހިންގަމުންދާ ކަމަށާއި އެ އޮޕަރޭޝަން ތަކުން އަތުލައިގަންނަ ތަކެއްޗަކީ ކޮބައިކަން ކޮންމެ މަހަކު އެއްފަހަރު ހާމަކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!