ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް ހަމަލާ ދިން މައްސަލަ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދިން ކަމަށެވެ.، އަދި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
އަދި މީގެ އިތުރުން ވެސް ޑރ. މުހައްމަދު ވަހީދު ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.
މިކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް ވަހީދު ނުދެއްވަ އެވެ. އަދި އެމަނިކުފާނުގެ މި ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.