ކ. ހުރާގައި ކުރިޔަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި

ކ. ހުރާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

25 ޖުލައި 2018 ގައި ސަރުކާރުން ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ކ. ހުރާ ފަޅުން 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1626 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވެއެވެ. މީގެ އިތުރުން 152 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި، ރަށްގިރުން ހުއްޓުވުމަށް 150 މީޓަރުގެ ގްރޮއީންސް ވަނީ ލާފައެވެ.

ކ. ހުރާ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވަނީ 2 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަށްސަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދެވަނަ ފިޔަވަށްސަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 105.05 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!