11 އަހަރުގެ ކުއްޖާ ރޭޕް ކޮށްފައި ވަނީ އެކަމަށް އެ ކުއްޖާ ގްރޫމް ކޮށްގެން ނުވަތަ ތައްޔާރު ކުރުވައިގެން: ފުލުހުން

ރޭޕްގެ ޝިކާރައަކަށް ވި އުމުރުން 11 އަހަރުގެ ކުއްޖާގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން ރޭޕް ކޮށްފައި ވަނީ އެކަމަށް އެ ކުއްޖާ ގްރޫމް ކޮށްގެން ނުވަތަ ތައްޔާރު ކުރުވައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހއ.ބާރަށު ސިލްސިލާގޭ ޢުމުރުން 38 އަހަރުގެ އަނީސް ހިލްމީ ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރމިނަލް ކޯޓުންވަނީ 7 ދުވަސް ޖަހައިދީފައެވެ.

އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތަޙުގީގު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސްވަނީ އެދިވަޑައިގެންފައެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.

ގްރޫމްކުރުމަކީ ކުޑަކުދިންނާއި ޢާއިލާއަށް ފައިސާއާއި އެހެނިހެން ތަކެތި ދީގެން ކުއްޖާއާއި ރަޙުމަތްތެރިކަން އުފައްދާ، ރުއްސުވައިގެން ޖިންސީ އެދުމެއް ޙާސިލުކުރުމަށް މަގުފަހިކުރުވުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!