މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިހާތަނަށް 700 ޓަނުގައި ކާގޯ ރާއްޖެއަށް ގެނެސްފި

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރުމަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި މިހާތަނަށް 700 ޓަނުގައި ކާގޯ ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެއެއަރލައިނުން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ ފަސް މަންޒިލަކުން ރާއްޖެއަށް ކާގޯ ފްލައިޓުތައް އޮޕަރޭޓު ކުރަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާގެ ޓްރެވިންޑްރަމް އަދި ޗެންނާއީ، ދުބާއީ، ބެންކޮކްގެ އިތުރުން ކޮލަމްބޯ އިން މާލެއަށް ގަވައިދުން ކާގޯ ފްލައިޓުތައް އޮޕަރޭޓު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި މުދާ އެތެރެކުރުމަށް ނަގަނީ ހެޔޮ އަގެއް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނުތައް ގެނައުމަށް ޙާއްސަ ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މޯލްޑިއަން ކާގޯއިން ޗައިނާއަށްވެސް 3 ދަތުރުކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

” އެސްޓީއޯ އާއި އެންޑީއެމްއޭގެ ދަތުރުތަކެއްކޮށްފައިވާނެ، އެއީ ޗައިނާއަށް 3 ފްލައިޓެއްވަނީ އަޅާފައި، އެއީ ޒިއާންއަށް 2 ދަތުރު އަދި ޗެންޑޫއަށް ދަތުރެއް ކޮށްފައިވާނެ، މިއީ ސިއްޙީ ސާމާނު ބަލާކޮށްފައިވާ ދަތުރުތަކެއް،” އިބްރާހިމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!