ކުދި އުޅަނދު ފަހަރުގައި ފަރުމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ މީހުން މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ސީޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ ފުރަބަންދުގެ ތެރޭގައި ވިޔަފާރީގެ އުސޫލުން ކަނޑުމަސް އަދި ފަރުމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރަން އެދޭ ކަމަށެވެ.
މާލޭ ސިޓީގައި ވިޔަފާރީ އުސޫލުން މަސްވެރިކަން ކުރާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ސިޓީ ކައުންސިލުން ނިންމީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން އެފަދަ ފަރާތްތަކުން އާމްދަނީ ހޯދަމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓިފައި އޮތުމުގެ ޝަކުވާ ލިބެން ދިޔުމާއި ގުޅިގެންނެވެ.