ފުރަބަންދަށް ދެނީ ލުއިތަކެއް، އުވައެއް ނުލަން: ޑރ ނަޒްލާ

ކޮވިޑް19 އާއި ގުޅިގެން އޭޕްރިލް 15ދުވަހުން ފެށިގެން މާލޭގައި ފުރަބަންދު ތަންފީޒްކުރަން ފަށާފައި ވާއިރު، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދު އުވައި ނުލާކަމަށާއި، ހަމައެކަނި ދެނީ ލުއިތަކެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގެ ފުރަބަންދު އުވައި ނުލާކަމަށާއި، ހަމައެކަނި ދެނީ ލުއިތަކެއް ކަމަށެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް، އަދި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ވާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ

ޑރ ނަޒްލާ ވިދާޅުވީ މިއީ އަމިއްލަ ރައްކާތެރިކަމަށް އަދި ގައުމުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށާއި މިއީ ހެލްތު މިނިސްޓްރީ، އެޗްޕީއޭ ނުވަތަ އެންއީއޯސީން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެންމެން ގުޅިގެން އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމުގައި ޑރ.ނަޒްލާ ވިދާޅުވިއެވެ.

“ފިހާރައަށް ވަންނަ އިރު، މާސްކް އެޅުމަކީ މަޖުބޫރު ކަމެއް. މަގުމައްޗަށް ނުކުންނަ އިރު، މާސްކް އަޅައިގެން ތިބުމަކީ ބަލި އިތުރަށް ނުފެތުރޭނެ ކަމެއް. އަދި އަތް ދޮންނަން ވާނެ. އަލާމާތެއް ފެނިއްޖެ ނަމަ، އަންގަން ވާނެ.” ޑރ.ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!